ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް(ޕީ.ސީ.އޯ.އެސް) އަކީ ކޮބާ؟

މިއީ ދަރިމައިވާ އުމުރުފުރައިގާ އަންހެނުންގެ ގައިގައި ފިރިހެން ހޯމޯން ކަމަށްވާ ” އެންޑްރޯޖަން” ގިނަވެ ބިސްދައުރުކުރާ ނިޒާމަށް ބުރޫ އަރާ ފެންނަ އަލާމަތް ތަކަކަށް އެކުލެވިގެންވާ ހާލަތެކެވެ

 

ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟

މައްސަރުކަންތައްތަކަށް އަންނަ ބަދަލު:

ގަވައިދުން ނުވުން

މަދުން ލޭފޭބުން ނޫނީ ގިނައިން ލޭ ފޭބުން

ގިނަދުވަސް ތަކެއް ވަންދެން މައްސަރުކަންތައް ނުވެހުރުން

ފިރިހެން ހޯމޯން “އެންޑްރޯޖަން” ގިނަވުމުން ފެންނަ އަލާމަތްތައް:

ފިރިހެންވަންތަ ގޮތަށް ގައިގައި އިސްތަށި ފެޅުން. މިސާލަކަށް، މޫނާއި މޭމަތި އަދި ބުރަކަށީގައި އިސްތަށި ފެޅުން

މޫނުގައި އޮށާޅަނެގުން

ފިރިހެންވަންތަ ގޮތަށް އިސްތަށި ފޭބުން

ބަރުދަން ލުއިކުރުމަށް އުނދަގޫވުން

ދަރިމައިވުމަށް އުނދަގޫވުން

 

 

ފަރުވާއާއި ބެލެހެއްޓުން

  • ރަނގަޅު ކާނާ ކެއުން އަދި ކަސްރަތު ކުރުން.

  • ޑޮކްޓަރެއްގެ ލަފާގެ މަތިން ހޯމޯން ބޭސް ބޭނުންކުރުން.

  • މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ބޭނުންނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

އާއްމުކޮށް ކާބޯތަކެއްޗާއި ޕީސީއޯއެސްއާ ވަރަށް ބޮޑަށް ގުޅޭނެ ކަމަށާއި ޕީސީއޯއެސް ހުންނަ ނަމަ ބަރުދަން އިތުރުވަނީ އިތުރު ސަބަބުތަކާ ހެދި އަދި ޕީސީއޯއެސް ހުންނަ ކޮންމެ މީހަކީ ވެސް ފަލަ މީހެއް ނޫންކަމަށް ސިއްޙީމާހިރުން ލަފާދެއްވައެވެ.

 

 

ޕީސީއޯއެސް ހުންނަ ނަމަ ޑޮކްޓަރުން ވެސް މިހާރު އެންމެ ލަފާ ދޭ އެއް ކަމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކަސްރަތުކުރުމެވެ.

 

 

ވަޒީފާގައި އުޅެމުން ކަސްރަތުކުރުމަކީ އުނދަގޫ ކަމެއް ކަމަށް، ގިނަދިރާސާތަކުންދައްކައެވެ.

 

ނަމަވެސް، ހަފްތާގެ ހަތް ދުވަހުގެ ތެރެއިން ހަތަރު ދުވަހު، މަދުވެގެން 30 މިނެޓަށް ނަމަވެސް ހެލިފެލިވެ އުޅުމަށް ސިއްޙީ މާހިރުން އިރުޝާދުދެއްވައެވެ. މިގޮތުން މިންހެޔޮ ކާނާ ބޭނުން ކުރުމާއި ކަސްރަތުކުރުން (މަދުވެގެން ހަފްތާއަކު 5 ދުވަހު 30 މިނެޓް) ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުން ހަށިގަނޑުގެ ބަރުދަން %10އަށް ލުއިކޮށްފިނަމަ މައްސަރު ކަންތައް އާންމު ހާލަތަށް ރުޖޫއަވެއެވެ.