އީރާނުން އެ ގައުމުގެ ބޯޑަރު ހިމާޔަތް ކުރާނެ ކަމަށާއި ނަމަވެސް ހަނގުރާމަ އިތުރަށް ގޯސްކުރަން ބޭނުން ނުވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވީ އޭނާގެ ގައުމުން ބޯޑަރު ހިމާޔަތް ކުރާނެ ކަމަށާއި ނަމަވެސް ހަނގުރާމަ ފުޅާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް މިދިޔަ ޖޫން މަހު ގާއިމްކޮށް، ހަނގުރާމަ ހުއްޓާލަފައި ވަނިކޮށް ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަމަލާތައް ބަދަލު ކުރަމުން ގޮސްފައި ވެއެވެ.

އަނެއްކާވެސް މަޝްވަރާއިން ހައްލު ހޯދުމަށް މިހާރު ހަނގުރާމަ އޮތީ ހުއްޓިފައެވެ.

"މި ދަނޑިވަޅުގައި، ދުޝްމަނުންނަށް ދަހިވެތިކަަމަށް ނުހެއްލި، ގައުމުގެ އެތެރެއަށް ވަދެ ނުވަދެވޭނެ އަދި މުޖުތަމައު ރޫޅާ ނުލެވޭ މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ