ގދ. ތިނަދޫއަށް އުފަން، ޕީއެސްއެމް ކުޅިވަރު ޓީމުގެ ކުޅަދާނަ ނޫސްވެރިޔާ ސާއިދުގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ސާއިދުގެ އާއިލާއިން "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ އާދައިގެ މަތިން ސާއިދު ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދިޔަތަނުން މާބޮޑަށް ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށެވެ.

އައިޖީއެމްއެޗުގައި ސާއިދުއަށް އަދިވެސް އަވަސް ފަރުވާ ދެމުންދާއިރު އޭނާގެ ބައްޕަ ނޫނީ އާއިލާގެ އެންމެން ތިބީ މާލޭގައެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭގެ ފަހުން އޭނާގެ ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އޭނާ ދަނީ ފަރުވާ ހޯދަމުންނެވެ. ދެދުވަހުން އެއްދުވަހު އޭނާ ޑައިލިސިސް ހަދަން ޖެހެއެވެ.