ނެޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ދިވެހި ވަތަނީ ހިދުމަތް ފުރިހަަމަކޮށްފައިވާ ކުދިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ކަސްޓަމްސް އަށް 26 މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ. 

ސަރުކާރުން ކުރިއަށް ގެންދާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގައި މިހާތަނަށް ގިނަ ކުދިން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް އެމްއެންޑީއެފާއި ފުލުސް އޮފީހުގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކުން ވަނީ ވަޒީފާ ހަމަޖައްސައިދީފަ އެވެ.

ޒުވާނުންނަށް އިސްކަންދޭ ގޮތަށް ވަޒީފާ އަށް މީހުން ނަގަން ކަސްޓަމުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން ގާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސާ ޓްރެއިނީ ބޭނުންވާ ކަމަށެވެ.

އެ ވަޒީފާގެ ފުރުސަތު ދީފައި ވަނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ އުމުރު ބަލަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މަގާމުގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

އެ މަގާމުގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

އެ މަގާމުގެ ޝަރުތަކީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓަކުން ފާސްވުމެވެ. 

ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުމާ އެކު އޯ ލެވެލް ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައި ވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމަސްގެ އެފަދަ މަސައްކަތާ ގުޅުން ހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ވަޒީފާތަކަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ވެ އެވެ.