އައްޑޫ ސިޓީ ފޭދޫގައި ހުންނަ ފޭދޫ ސްކޫލްގައި ކުރިއަށްދާ ކޭމްޕް ހަދަމުންދިޔަ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި، އެ ސިޓީގެ އިތުރު ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދޭން ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި މިހާރު ދަނީ ކޭމްޕްތައް ކުރިއަށް ގެންދަމުންނެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން ވިދާޅުވީ، އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ކޮމިޝަނުން މިގެންދަނީ މި މައްސަލަ މޮނިޓަރު ކުރަމުން،".، އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.




