އޮސްޓްރިއާގެ ސާލްޒްބާގްގައި 12 އޮގަސްޓް 2026 ވީ ބުދަ ދުވަހު ކުޅުނު ޔޫއެފާ ސުޕަ ކަޕްގެ 51 ވަނަ މުބާރާތުގެ ފައިނަލްގައި އެސްޓަން ވިލާގެ މައްޗަށް 2-1 އިން ކުރިހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް މި ތަށި އުފުލާލައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. ސާލްޒްބާގް ސްޓޭޑިއަމްގައި 7000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން މޮޅުވެ، "ރޫޖް އެންޑް ބްލޫ" އިން ވަނީ އެ ކްލަބުގެ 61 ވަނަ ތަށި ކާމިޔާބުކޮށްފައެވެ.

ޖެހިޖެހިގެން ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތާރީޚީ ކާމިޔާބީއެއް ހޯދިތާ މަދު ހަފުތާކޮޅެއްގެ ތެރޭގައި އެ ކްލަބުން މިވަނީ އަނެއްކާވެސް އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މި ކާމިޔާބީއާއެކު ޕީ.އެސް.ޖީ ވެފައިވަނީ ޖެހިޖެހިގެން ދެ އަހަރު ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކުރި ހަތަރުވަނަ ކްލަބަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ އަޔަކްސް، އޭސީ މިލާން އަދި ރެއާލް މެޑްރިޑެވެ.މި މެޗުގެ 20 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ޕީ.އެސް.ޖީ އަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި ޑެސިރޭ ދޫއޭ ފޮނުވާލި ތިރި ހަމަލާއަކުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.

މި ކާމިޔާބީއަކީ މުޅި ކްލަބަށް ލިބުނު ފަޚުރެއްގެ އިތުރުން، ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރުތަކުގެ ތެރޭގައި ދާއިމީގޮތެއްގައި ފައިތިލަސާބިތުކުރުމަށް އެ ކްލަބުން ގެންގުޅޭ އަމާޒަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ސާލްޒްބާގްގައި އާދަޔާޚިލާފު ފޯރިއަކާއެކު ޓީމަށް ސަޕޯޓުކޮށް، ޔޫރަޕްގެ ކާމިޔާބު ރޭތަކުގެ ތެރެއަށް އިތުރު ފޮނި ހަނދާންތަކެއް އެއްކޮށްދިން ސަޕޯޓަރުންގެ ވަފާތެރިކަމަށް ލިބުނު ހަދިޔާއެއްވެސް މެއެވެ.