އޮޑި ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ. ކަޕް ވިނާސް ކަޕްގައި މާޒިޔާއިން މޮޅަކުން ފަށައިފި އެވެ.

ދިވެހި ފްރިމިއާ ލީގުގެ ފަހު ޗެމްޕިއަން މި ފަހަރު ސީޒަނަށް ނުކުތީ ނިސްވަތުން ޒުވާން ސްކޮޑަކާއެކުއެވެ. މާޒިޔާ އަށް ލިޑް ނަގައި ދިނީ ވެސް 20 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ނައްސާހް އިބްރާހިމް ނާސިރެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައެވެ.

އެކަމަކު އޭގެ10 މިނެޓް ފަހުން، އޯޑީ ސްޕޯޓްސް ކްލަބުން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ މުޒްދާން ހަސަން އެވެ. 

މެޗުގެ ނަތީޖާ ބަދަލު ކުރަން މާޒިޔާގެ ހަނި ލީޑު ހިފެހެއްޓުމަށްޓަކައި ކޯޗު ޓްރުހާ 60 ވަނަ މިނެޓުގައި އެއްފަހަރާ ތިން ބަދަލު ގެނެ އެވެ. އެ ޓީމާ އަށް ގުޅުނު ބިދޭސީ ކުޅުންތެރިން ކަމަށްވާ ނެމަންޏާ ޒްޑްރަވްކޮވިޗް، ނިކޮލާ ވުޖިޗިޗް އަދި ބެންޖަމިން ތޯމާސް ކުކޫ ކުޅެން ނެރުނެވެ.

ރޭގެ މެޗުގައި، މާޒިޔާ މޮޅުކޮށް ދިން ލަނޑު 78 ވަނަ މިނެޓްގައި ޖެހީ އައިހަމް އެވެ.