ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 62 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ. 

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ. 

ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން މިހާރު 716 ހެކްޓަރު ހިއްކާ ނިމި، ރަސްމާލެއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ފުރަތަމަ ބުރުގައި ދޭނީ 15،000 ގޯއްޗެވެ.