ކަޕްވިނަރސް ކަޕްގައި ނިއުރޭޑިއެންޓުން ، އޮޑި ސްޕޯޓްސް ބަލިކޮށްފިއެވެ.

ނިއު އިން މެޗު ކާމިޔާބު ކުރީ 5-3 ންނެވެ.

ފައިނަލު މެޗުގެ ކުރިން ކޮންމެ ޓީމެއް ތިން މެޗު ކުޅޭގޮތަށް ފޯމެޓަށް އެކުލަވާލާފައިވާ މުބާރާތުގެ ފައިނަލްގެ ޖާގަ ނިއު އާއި މާޒިޔާ އަށް ކަށަވަރު މިވީ، މި މަހުގެ 15 ވަނަ ދުވަހު އެ ދެ ޓީމު ބައްދަލުކުރާ މެޗުގެ ކުރިންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެސް ނިއު އަށް ގޯލް ހުޅުވައި ދިނީ އެ ޓީމުގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އެވެ. އޭނާ ވަނީ މި މެޗުގައި ވެސް ހެޓްރިކް ހަދާފަ އެވެ.

ނިއުރޭޑިއެންޓްން ދެން ޖެހި ދެ ގޯލް ޖަހާފައިވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިއާ އީތަން ޒަކީ އާއި އެޓީމުގެ ޑިފެންޑަރު އަމްދާން އަލީއެވެ.

މެޗުގެ ފަހު ކޮޅުގައި އޮޑިން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 87 ވަނަ މިނެޓްގައި ޕެނަލްޓީއަކުން ވައްދާލީ އިބްރާހިމް ވަހީދު ހަސެން (އިއްބެ) އެވެ. އަދި 90 ވަނަ މިނެޓްގައި މުޒްދާން ހަސަން އޮޑީގެ ދެވަނަ ލަނޑު ޖެހި އެވެ. ތިންވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ މުހައްމަދު ޝަހާއު އެވެ.