އއ.އުކުޅަހުގައި ސަަރުކާރުން އަޅާ 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އުކުޅަހުގައި އަލަށް ހިއްކި ސަރަހައްދުގައި އަޅާ އެ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައި، ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އިބްރާހީމް އަޒީމެވެ.
ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އުކުޅަހު ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އެެއް އަހަރާއި ހަތްމަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެ މަޝްރޫއު އަލްޓެކް މޯލްޑިވްސްއާ ހަވާލުކުރީ މިދިޔަ ނޮވެމްބަރުމަހު އެވެ.
ގާތްގަނޑަކަށް 1،200 ގެ އާބާދީއެއް އޮންނަ އުކުޅަހުގައި ސަރުކާރުން 2023 ވަނަ އަަހަރު ހިންގި ބިން ހިއްކުމުގެ މަޝްރޫއުގައި އެރަށަށް 13 ހެކްޓަރުގެ ބިން އިތުރުކުރި އެވެ. މިއަދު އަމަލީ މަސައްކަތް ފެށި ހައުސިން ޔުނިޓްތައް އެޅުމުގެ އިތުރުން އެ ސަރަަހައްދުން 250
ގޯތި ވެސް ދޫކުރާނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.





